ކޯޗަކަށް މޮރީނިއޯ ހަމަޖައްސަން ވެސްޓްހޭމުން ބޭނުންވި

މިހާރު

8 އޮކްޓޯބަރު 2025 | ބުދަ | 7:35

މި ސީޒަނުގައި ދަށް ނަތީޖާތަކަކުން ފެށި ވެސްޓްހޭމް ޔުނައިޓެޑުން، ޕްރިމިއާ ލީގުގެ ލެޖެންޑް ހޯޒޭ މޮރީނިއޯ ކޯޗު ކަމަށް ގެންނަން މަސައްކަތް ކުރިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފެނަބާޗޭ އަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމުން، އެ ކްލަބުން މޮރީނިއޯއާ އެކު ހެދި އެއްބަސްވުން އުވާލި އެވެ. ސީޒަންގެ އެންމެ ކުރީކޮޅު މޮރީނިއޯ ވަޒީފާ ގެއްލުމުން، ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކާ އޭނާއާ ގުޅުވައި މީޑިއާއިން ވާހަކަތައް ފެތުރި އެވެ. ވެސްޓްހޭމްގައި އޭރު ކޯޗަކަށް ހުރި ގްރަހަމް ޕޮޓާއާ އެކު ނަތީޖާ ރަނގަޅުނުވުމުން، އޭނާ ވަކި ކުރުމުގެ ފިކުރުގައި، މޮރީނިއޯއާ މެދު ވެސްޓްހޭމްގެ ބޯޑުން ވިސްނުންތަކެއް ގެންގުޅުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޕޮޓާ އަށް އިތުރު ވަގުތުދީ ހާލަތު ރަނގަޅުވޭ ތޯ ބެލަން ބޯޑުން އޭނާ އަށް ފުރުސަތު ދިނެވެ. ނަމަވެސް ވެސް ނަތީޖާ ރަނގަޅެއް ނުވި އެވެ.

ފަހުން ޕޮޓާ ވަކި ކުރި އިރު މޮރީނިއޯއެއް ނެތެވެ. އޭނާ ގޮސް އޭނާގެ އަމިއްލަ ގައުމު، ޕޯޗުގަލްގެ ބެންފީކާގެ މަގާމާ ހަވާލުވެ ހުރުމުން ވެސްޓްހޭމަށް ފުރުސަތު ގެއްލުނީ ކަމަށް މީޑިއާއިން ބުންޏެވެ.

މައުޟޫޢުތަށް