އިންސާނީ އެޖެންޓް ދޫކޮށްލައި ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ހޯދީ "އޭއައި އެޖެންޓެއް"

މިހާރު

8 އޮކްޓޯބަރު 2025 | ބުދަ | 10:11

އިންސާނީ އެޖެންޓް ދޫކޮށްލައި އާޓިފިޝަލް އިންޓެލިޖެންސް (އޭއި) އެޖެންޓެއްގެ އެހީގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔަކު ކްލަބް ބަދަލުކޮށްފި އެވެ.

ޑިމިޓްރީ މިޗެލްއަކީ ޔުނައިޓެޑްގެ އެކަޑަމީން ތަމްރީނުވި ކުޅުންތެރިޔެކެވެ. އިނގިރޭސި ތިންވަނަ ޑިވިޝަންގެ ކްލަބް ލޭޓަން އޮރިއެންޓަށް މިދިޔަ ހޫނު މޫސުމުގައި އޭނާ ސޮއި ކުރީ ޗެޓްޖީޕީޓީގެ އެހީގައި ކަމަށް މިޗެލް ބުންޏެވެ.

އުމުރުން 28 އަހަރުގެ ޑިފެންޑަރު ބުނީ އޭނާގެ ހާލަތު ހުރި ގޮތުން ފައިސާ ދައްކައިގެން އެޖެންޓެއް ގެންގުޅެވޭހާ ތަނަވަސްކަމެއް ނެތް ކަމަށެވެ.

މައުޟޫޢުތަށް