ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސް ވެރިންގެ މާލީ ބަޔާން އާއްމުކުރަން ޖެހޭ: އަޒާން
މިހާރު
8 އޮކްޓޯބަރު 2025 | ބުދަ | 1:06
ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް ވެސް އާއްމުކުރަން ގާނޫނުން ލާޒިމުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސްގައި އަޒާން ވިދާޅުވީ ދައުލަތުގެ އިސްވެރިންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އޭނާ މިގޮތަށް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅައި، އެ ބަޔާންތައް އާއްމުކުރާ ގޮތަށް އޮޑިޓް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.