ލިއަމްއާ އެކު ގެނެސްދޭ "ދަ ވިޗާ"ގެ އާ ސީޒަންގެ ޓްރެއިލާ ނެރެފި

މިހާރު

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:12

ނެޓްފްލިކްސްގެ ފެންޓަސީ ޑްރާމާ ސީރީޒް "ދަ ވިޗާ"ގެ ހަތަރު ވަނަ ސީޒަންގެ ޓްރެއިލާ އާންމުކޮށްފި އެވެ.

"ދަ ވިޗާ"ގެ އާ ސީޒަންގައި ގެރެލްޓްގެ ރޯލުން ފެންނާނީ އޮސްޓްރޭލިއާގެ އެކްޓަރު ލިއަމް ހެމްސްވޯތު އެވެ. ދެ މިނެޓަށް ވުރެ ދިގު ޓްރެއިލާގައި އޭނާގެ ގިނަ މަންޒަރުތަކެއް ހިމަނާފައިވެ އެވެ.

ޔެނެފާގެ ރޯލުން އަންޔާ ޗަލޯޓްރާ އާއި ސިރީގެ ރޯލުން ފްރެޔާ އެލަން އާ ސީޒަންގައި ވެސް ފެންނާނެ އެވެ. އަދި ޖެސްކިއާގެ ރޯލުން ޖޯއި ބޭޓީ ފެންނާނެ އެވެ. އެ ރޯލުތައް ކުޅޭ އެކްޓަރުން ބަދަލުކޮށްފައި ނުވެ އެވެ.

މައުޟޫޢުތަށް