ވެންޓިލޭޓަރު މައްސަލާގައި ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓުން އަމުރުކޮށްފި

މިހާރު

8 އޮކްޓޯބަރު 2025 | ބުދަ | 12:44

ހަތް ދުވަސް ތެރޭގައި 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ލިބެންޖެހޭ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު "މިހާރު"އަށް ވިދާޅުވީ ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ)، އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި އެ އަމުރަށް ތަބާނުވެއްޖެ ނަމަ ދެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

މައުޟޫޢުތަށް