ވޯލްޑް ޓްރެވަލް އެވޯޑުގެ ލީޑިން ޑެސްޓިނޭޝަނަށް ރާއްޖެ ނޮމިނޭޓްވެއްޖެ

މިހާރު

8 އޮކްޓޯބަރު 2025 | ބުދަ | 2:00

ދުނިޔޭގެ އެންމެ ޝަރަފުވެރި ޓޫރިޒަމް އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ މަގާމަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.

މިދިޔަ ފަސް އަހަރު ވެސް ރާއްޖެއިން ވަނީ ޓޫރިސްޓުންގެ މެދުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ދިފާއުކޮށްފަ އެވެ. މިއަހަރު ރާއްޖެއިން އަންނަނީ އެ މަގާމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ވެސް ވާދަކުރަމުންނެވެ. އެ ދެ އެވޯޑަށް ނޮމިނޭޓްވެފައިވާ އިރު ވޯޓުލުން ކުރިއަށް ދާނީ މިމަހުގެ 6 އިން 26 ގެ ނިޔަލަށެވެ.

އެ މަގާމު ހާސިލުކުރެވިއްޖެ ނަމަ، ރާއްޖޭއިން ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި އާދަތައް ޓޫރިޒަމްގެ ސިނާއަތުގައި އެކަށައެޅުމަށް ކުރާ މަސައްކަތުގެ ކާމިޔާބީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

މައުޟޫޢުތަށް