މަރުގެ އިންޒާރު ދިން ޝުއައިބަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނެތް!
މިހާރު
8 އޮކްޓޯބަރު 2025 | ބުދަ | 3:16
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ގަޔަށް ބަޑި ޖަހަން ޖެހޭ ކަމަށް ބުނެ އިންޒާރު ދިން ޝުއައިބް އަލީ އަށް ފިޔަވަޅު ނާޅައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓި މައްސަލާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޒާޔާގެ ފޯނު ރޭ ހިފެހެއްޓީ ފުލުހުން ޓެގްކޮށް، އެ އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި "އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ." ލިޔެ ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގަ އެވެ.
އޭނާ އިޝާރާތް ކުރީ އަންނަ މަހުގެ 17 ގައި އެމްޑީޕީން ބާއްވަން އިއުލާނު ކޮށްފައިވާ ބޮޑު އެއްވުމަކަށެވެ.