ކަސްޓަމަރުންގެ ދުވަހު އުރީދޫގެ މެނޭޖްމަންޓުން ކަސްޓަމަރުންގެ ގާތަށް

މިހާރު

8 އޮކްޓޯބަރު 2025 | ބުދަ | 2:27

އުރީދޫގެ ކަސްޓަމަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން އިއްޔެ ކަސްޓަމަރުންނާ ބައްދަލުކޮށްފި އެވެ.

އެ ކުންފުނިން ކަސްޓަމަރުންގެ ހިޔާލާއި އިއުސާސްތައް ދެނެގަތުމަށް ކަސްޓަމަރުންނާ ބައްދަލުކޮށްފައިވަނީ އެ ކުންފުނީގެ އެކްސްޕީރިއަންސް ސެންޓަރުތަކާއި ރީޓެއިލް ފިހާރަތަކާއި ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނަށް ޒިޔާރަތްކޮށްގެންނެވެ. އުރީދޫން ބުނީ އިއްޔެގެ އެ ހަރަކާތުން ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެ ކުންފުންޏަށް ލިބުނު ކަމަށެވެ.

އުރީދޫން ބުނީ އެކުންފުނީގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ ކަސްޓަމަރުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ދުވަހަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، އެކަންތައްތައް ފަރުވާތެރިކަމާއެކު އަޑުއަހައި، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ހާއްސަކޮށްފައިވާ ދުވަހެއް ކަމަށް އުރީދޫން ބުންޏެވެ.

މައުޟޫޢުތަށް