ތިމަރަފުށީގެ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ދީފި
މިހާރު
8 އޮކްޓޯބަރު 2025 | ބުދަ | 2:29
ތ. ތިމަރަފުށިން ދޫކުރާ 100 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ހައުސިން މިިނިސްޓްރީން ދީފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިމަރަފުށިން ފްލެޓް ލިބުނު މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ރަށުގައި މިނިސްޓްރީން ކުރިއަށް ގެންދިޔަ ނަމަވެސް، އަދިވެސް ބައެއް މީހުން އެއްބަސްވުމުގައި ސޮއި ނުކުރާ ކަމަށެވެ.
އެހެންވެ، މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ މީހުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް އަންނަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:30 އަށް މިނިސްޓްރީގެ ކުރިއަށް ގެންދާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.