ޝިލްޕާގެ ދެމަފިރިން 60 ކްރޯޑް ރުޕީސް ދެއްކުމުން ނޫނީ ގައުމުން ބޭރަށް ނުދެވޭނެ: ހައި ކޯޓު

މިހާރު

8 އޮކްޓޯބަރު 2025 | ބުދަ | 4:20

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާއަށް އިންޑިއާ އިން ބޭރަށް ދަތުރުކުރެވޭނީ 60 ކްރޯޑް ރުޕީސް ދެއްކުމުން ކަމަށް މުމްބާއީގެ ހައި ކޯޓުން މިއަދު ބުނެފި އެވެ.

ޝިލްޕާ އާއި ރާޖް މަކަރާއި ހީލަތުން 60 ކްރޯޑް ރުޕީސް ހޯދި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އިންޑިއާގެ މުމްބާއީގެ ޕޮލިހުގައި މީހަކު އެދުނީ މިދިޔަ އޮގަސްޓް މަހު އެވެ.

މުމްބާއީ ފުލުހުންގެ އިކޮނޮމިކް އޮފެންސެންސް ވިންގް (އީއޯޑަބްލިއު) އިން މިހާރު ވެސް ތަހުގީގުކުރަމުން އަންނަ އެ މައްސަލަ ކޯޓުން ނިމެންދެން އެ ދެމަފިރިން ގައުމުން ބޭރަށް ދަތުރުކުރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް، ގައުމުން ބޭރަށް ދަތުރުކުރަން ބޭނުންވާތީ އެ ހުއްދަ ހޯދަން އެ ދެމަފިރިންގެ ފަރާތުން މުމްބާއީގެ ހައި ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

މައުޟޫޢުތަށް