އަފްޣާނިސްތާނުގައި ސޯޝަލް މީޑިއާ ރެސްޓްރިކްޓްކޮށްފި

މިހާރު

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:54

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން، އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް ކަނޑައިލުމަށް ފަހު އަލުން ދޭން ފެށިތާ ހަފުތާއެއް ފަހުން، ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރު ލިމިޓްކޮށްފި އެވެ.

އަފްޣާނިސްތާނުގެ އިންޓަނެޓްގެ ކަންތައް ބަލަހައްޓާ އިދާރާ، ނެޓްބްލޮކްސް އިން އޭއެފްޕީއަށް ބުނި ގޮތުގައި ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ހިމެނޭ ގޮތުން ސޯޝަލް މީޑިއާ ބޭނުންކުރެވޭ މިންވަރު ވަކި ވަރަކަށް މިހާރު ވާނީ ހިފަހައްޓައިފަ އެވެ.

އެ ގައުމުގައި ތިބި އޭއެފްޕީގެ ރިޕޯޓަރުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގެ ހިދުމަތް ލިބެނީ ކެނޑިކެނޑިގެން ބައެއް ވަގުތުތަކުގަ އެވެ.

މައުޟޫޢުތަށް