"ކޯލްޑް ޕާމާ" ޓްރޭޑްމާކް ކޮށްފި
މިހާރު
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:59
"ކޯލްޑް ޕާމާ" އަކީ އޭނާ ޓްރޭޑްމާކެއްގެ ގޮތުގައި އިންގްލެންޑުގެ މިޑްފީލްޑަރު ކޯލް ޕާމާ ރަޖިސްޓަރީކޮށްފި އެވެ.
ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ޕާމާއަށް ސަޕޯޓަރުން އާއްމުކޮށް ބޭނުން ކުރަމުން އަންނަ "ކޯލްޑް ޕާމާ" ވިޔަފާރީގެ ގޮތުގައި އޭނާގެ ހުއްދައާ ނުލައި ދެން ބޭނުމެއް ނުކުރެވޭނެ އެވެ.
ޕާމާ ވަނީ އޭނާގެ ނަމާއި އޮޓޯގްރާފްގެ އިތުރުން އޭނާގެ ގޯލް ސެލެބްރޭޝަން ވެސް ޓްރޭޑްމާކް ކޮށްފަ އެވެ. މިއާއެކު މި ތަކެތި އޭނާގެ ހުއްދައާ ނުލައި ބޭނުންކޮށްފި ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އޭނާއަށް ލިބެ އެވެ.