ރަޓްކްލިފް ވިދާޅުވަނީ އަމޮރިމްގެ ވަޒީފާ ނުގެއްލޭނެ ކަމަށް

މިހާރު

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:30

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޮރިމް މަގާމުން ވަކިކުރަން އެ ކްލަބުގެ މެޖޯރިޓީ ހިއްސާދާރު ގްލޭޒާސް އަމުރުކުރައްވާ ހާލަތުގައި ވެސް އެކަން ނުކުރައްވާނެ ކަމަށް ކްލަބުގެ މައިނޯރިޓީ ހިއްސާދާރު ސާ ޖިމް ރަޓްކްލިފް ވިދާޅުވެއްޖެ އެވެ.

މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ޔުނައިޓެޑާ ހަވާލުވި ޕޯޗުގަލްގެ ޒުވާން ކޯޗު އަމޮރިމް އަށް ޓީމުގެ ހާލަތެއް ބަދަލެއް ނުކުރެވެ އެވެ. އެކަމަކު ރަޓްކްލިފް ވިދާޅުވީ އަމޮރިމް އަށް ތިން އަހަރު ދޭން ޖެހޭ ކަމަށެވެ.

އަމޮރިމްގެ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑް ލީގު ނިންމާލީ 15 ވަނައިގަ އެވެ. ޔޫރޮޕާ ލީގު ފައިނަލުން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވީ އެވެ.

މައުޟޫޢުތަށް