ރައީސަށް އިންޒާރުދިން ކަމުގެ ތުހުމަތަށް ޝިމަންގެ ފޯނު ހިފަހައްޓައިފި
މިހާރު
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:17
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރުދިން ކަމަށް ދޭޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުކޮށް، ސަރުކާރާ އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ ރޭ ދަންވަރު އެވެ.
ޝިމަން ހުއްޓުވައި ބަލައި ފާސްކުރުމަށް ފުލުހުން ހޯދި އެ އަމުރުގައިވާ ގޮތުގައި، އޭނާގެ ފޯނު ހިފެހެއްޓީ ރައީސް އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެކްސްގައި ކޮމެންޓެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.