ރާއްޖެއަށް އަހަރެންގެ އިހްތިރާމު އޮންނާނެ: ތަޖިކިސްތާނުގެ އާ ކޯޗު

މިހާރު

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:29

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނުގެ ޓީމު ގޮވައިގެން މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނާނީ އިހްތިރާމު ކުރަމުން ކަމަށް އެގައުމުގެ ގައުމީ ޓީމުގެ އާ ކޯޗު ގޯރާން ސެޓަވާނޮވިޗް ބުނެފި އެވެ.

ރާއްޖޭގެ ކުރީގެ އެސިސްޓެންޓް ކޯޗު ގެލާ ޝެކިލާޒޭ، ތަޖިކިސްތާނުގެ ހެޑް ކޯޗުކަމުން މިދިޔަ މަހު ވަކި ކުރުމަށް ފަހު، އެ ގަމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ސާބިއާގެ ސެޓެވާނޮވިޗާ ގައުމީ ޓީމު ހަވާލު ކުރީ މިދިޔަ ހަފުތާގަ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންގައި ގާނާ އަށް ކޯޗުކޮށް ދިން ސްޓެވާނޮވިޗް އޭޝިއާ ޓީމަކާ އެކު ފުރަތަމަ ފަހަރަށް ބައްރުގެ މެޗަކަށް ނުކުންނަ އިރު އޭނާގެ ފުރަތަމަ އިދިކޮޅު ޓީމަކީ ރާއްޖެ އެވެ.

މައުޟޫޢުތަށް