ސްކޭމްތަކުގައި ގެއްލުނު 200،000 ރުފިޔާ މިދިޔަ ހަފުތާގައި ހޯދައިފި
މިހާރު
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:08
މިދިޔަ ހަފުތާގައި ފުލުހުންނަށް ރިޕޯޓްކުރި ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު 200،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.
ފުލުހުން މިއަދު ވަނީ އެންޓި ސްކޭމް ސެންޓަރުގެ މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހުގެ 28 އިން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ނުވަތަ މިދިޔަ ހަފުތާގައި އެކަނި ވެސް ސްކޭމްގެ 42 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. އެ މައްސަލަތަކުގައި ޖުމްލަ 318،342.50ރ. ގެއްލުނެވެ. އޭގެ ތެރެއިން 221،243.33ރ. ފުލުހުން މިހާތަނަށް ވަނީ އަނބުރާ ހޯދައިފަ އެވެ.