"ޕޮލިފޯމް" ބްރޭންޑްގެ ފެންޑަރު މެރިން އިކުއިޕްމަންޓްސްއިން ވިއްކަނީ
މިހާރު
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:44
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެރިން އުފެއްދުންތައް ވިއްކާ މެރިން އިކުއިޕްމަންޓްސްއިން އެމެރިކާގެ މަޝްހޫރު "ޕޮލިފޯމް" ބްރޭންޑުގެ އޮތޮރޮޒައިޒްޑް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށް، އެ ބްރޭންޑުގެ ފެންޑަރު ވިއްކަން ފަށައިފި އެވެ.
މެރިން އިކުއިޕްމަންޓްސްއިން ބުނީ އެތަނުން ޕޮލިފޯމް ބްރޭންޑު އެފް ސީރީޒްގެ ފެންޑަރު ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެފް2 އިން ފެށިގެން އެފް12ގެ ރޭންޖުގެ ކަޅާއި ހުދު ކުލައިގެ ފެންޑަރު އެތަނުން ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
ޕޮލިފޯމްގެ އެފް ސީރީޒްގެ ފެންޑަރަކީ 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ބްރޭންޑެކެވެ. އެއީ މާކެޓުގައި މިހާރު ވިއްކާ ފެންޑަރުތަކުގެ ތެރެއިން ކޮލެޓީ ރަނގަޅު އަދި އޮޑިދޯނި ފަހަރަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދޭނެ އެއްޗެކެވެ. އެފް ސީރީޒްގެ ފެންޑަރުތަކުގައި ޔޮޓުތަކުން ފެށިގެން މަސް ދޯނިތަކުގެ ވެސް ބޭނުން ކުރެވޭނެ ސައިޒުތައް ހިމެނެ އެވެ.