ހުޅުމާލެ ޗެނަލް ޕާކަށް އުޅަނދުތަކަށް ނުވަދެވޭ ގޮތް ހެދުމަށް ބޮއި އަަޅައިފި
މިހާރު
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:41
ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކަނޑުއުޅަނދުފަހަރަށް ނުވަދެވޭ ގޮތް ހެދުމަށް މިއަދު އެތަނުގައި ބޮއި އަަޅައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ޗެނަލް ޕާކުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވުމާ އެކު، އެ ސަރަހައްދު ފާހަގަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދު ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން ވަނީ ޗެނަލް ޕާކުގެ ހުޅަނގު ފަރާތުން މޫދުގައި ބޮއި އަޅައިފަ އެވެ.