ގެއްލުނު ސިނގިރޭޓުގެ މައްސަލާގައި އެމްޕީއެލް އިން ވެސް ހާއްސަ ތަހުގީގެއް!
މިހާރު
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:43
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެމްޕީއެލް އިން ވެސް އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޕީއެލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެ ކުންފުނީގެ ހުޅުމާލެ ޓާމިނަލް އިން ގެއްލިފައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައަކީ ފުލުހުންގެ ތަހުގީގުގެ މަރުހަލާގައިވާ މައްސަލައަކަށް ވުމާ އެކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް އެމްޕީއެލުން ބުންޏެވެ.