މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް އައްޔަންކޮށްފި
މިހާރު
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:26
މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް އެ ކުންފުނީގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ މެމްބަރަކު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީވެ، އެ މަގާމަށް ބޭފުޅަކު މިހާރު އައްޔަން ކޮށްފައިވާ ކަމަށެވެ.
މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކުރީ ގދ.ތިނަދޫ، ރިހިވެލި، ރީޝަމް މުހައްމަދު ޝަރީފެވެ. އޭނާއަކީ ތިނަދޫގެ މަސްވެރިއެކެވެ.