ބަޔޯމެޓްރިކްސް ފުރިހަމަ ނުކޮށް 27،773 ބިދޭސީއެއް، ފަހު ފުރުސަތުދީ، ޑިޕޯޓް ކުރަނީ!

މިހާރު

10 އޮކްޓޯބަރު 2025 | ހުކުރު | 12:17

ބަޔޯމެޓްރިކްސް ސިސްޓަމަށް ނާޅާ ހުރިހާ ބިދޭސީން ޑީޕޯޓްކޮށް، ވަޒީފާ ދިން މީހުން 50،000ރ. އިން ޖޫރިމަނާ ކުރާނެ.

މިހާތަނަށް 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސްގެ މައުލޫމާތު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އަށް ދީފައި ނުވާ ކަމަށާއި އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ކަން ނުކުރާ އެންމެން ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން މިއަދު ދީފި އެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ކޮށްފައި ނުވާ ކަން ރެކޯޑުތަކުން ދައްކަ އެވެ.

މައުޟޫޢުތަށް