ކުރީގެ ތިން މިނިސްޓަރަކު އޭސީސީއަށް ހާޒިރުކުރަނީ ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން: އިބޫ
މިހާރު
10 އޮކްޓޯބަރު 2025 | ހުކުރު | 12:17
އެ މަނިކުފާނުގެ ސަރުކާރުގެ ތިން މިނިސްޓަރަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރަނީ އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ރާވައިގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބޫ އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީއާ ގުޅޭ ގޮތުން އޭސީސީން ތަހުގީގު ކުރާ މައްސަލައެއްގައި އެ ކޮމިޝަނަށް އަންނަ ހަފުތާގައި ހާޒިރުވާން އެ ބޭފުޅުންނަށް އަންގާފައިވާތީ އެވެ
އިބޫ ވިދާޅުވި ގޮތުގައި އެ ތިން ބޭފުޅުން އޭސީސީ އަށް ހާޒިރު ކުރަނީ "ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ" ދަނޑިވަޅެއްގަ އެވެ.