ނަފްސާނީ ބައްޔަށް ހޭލުންތެރިކުރުވަން 30 މީހުން ތަމްރީންކުރަނީ

މިހާރު

10 އޮކްޓޯބަރު 2025 | ހުކުރު | 9:17

ދުނިޔޭގެ ނަފްސާނީ ބަލީގެ ދުވަހާ ގުޅުވައި އެ ބައްޔަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭ 2 އަކުން 30 މީހުން ތަމްރީންކުރަން މޯލްޑިވިއަން ނާސިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.

"ހޯޕް އެމްބަސެޑާ ޓްރެއިން" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ ނަފްސާނީ ބަލި ހުންނަ މީހުންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހެދުމަށް ނާސިން އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ލިބުނު ބީއެމްއެލްގެ ކޮމިއުނިޓީ ގްރާންޓެއްގެ އެހީގައި ހިންގާ ޕްރޮގްރާމެކެވެ.

އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން ހުންނެވި އޮޮސްޓްރޭލިއަން ކެތުލިކް ޔުނިވާސިޓީގެ އެސޯސިއޭޓް ފްރޮފެސާ، ޑރ. ފާތިމަތު ޝިފާޒާ "މިހާރު" ވިދާޅުވީ ފުރަތަމަ އެ ޓްރެއިނިން ކުރިއަށް ގެންދަން ނިންމީ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން ދެ މީހުން ތަމްރީނުކުރާ ގޮތަށް ކަމަށެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން މާބޮޑު ތަރުހީބެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް