އޭއައި ބޭނުންކޮށްގެން ހުރިހާ މާއްދާއެއް ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
މިހާރު
11 އޮކްޓޯބަރު 2025 | ހޮނިހިރު | 11:31
އާޓީފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހުރިހާ މާއްދާއެއް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނު ކުރުމުގެ ކެމްޕޭނެއް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ ޕްރިންސިޕަލުންގެ މި އަހަރުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ވިސްނައި ފިކުރު ކުރާ ދަރިވަރުންތަކެއް ނެތް ނަމަ ސްކޫލު މަރުހަލާ ނިންމުމަށް ފަހު، އޮއްޓަރު ހުރި ކަންތަކުގައި ޒުވާނުން އުޅޭ ތަން ނުފެންނާނެ ކަމަށެވެ.