ޓީޗަރުންގެ މަޝްވަރާ ހިމަނައި، 210 ޕްރިންސިޕަލުންނާ އެކު މި އަހަރުގެ ކޮންފަރެންސް ފަށައިފި
މިހާރު
11 އޮކްޓޯބަރު 2025 | ހޮނިހިރު | 11:02
ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މި އަހަރުގެ ކޮންފަރެންސް މިއަދު ފަށައިފި އެވެ.
މިއަދާއި މާދަމާގެ ނިޔަލަށް 210 ސްކޫލެއްގެ ޕްރިންސިޕަލުންނާ އެކު ކުރިއަށް ގެންދާ އެ ކޮންފަރެންސް ކްރޮސްރޯޑްސްގައި ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މީގެ ކުރިން ޕްރިންސިޕަލުންގެ ކޮންފަރެންސް ބާއްވާފައިވަނީ ޓީޗަރުންގެ ބައިވެރިވުމާ އެކު ނޫން ކަމަށެވެ.