މާލީ ނިޒާމުގެ އިތުބާރު ފެށެނީ އެކައުންޓެންޓުންނާ ހިސާބުން: ޒަމީރު
މިހާރު
11 އޮކްޓޯބަރު 2025 | ހޮނިހިރު | 1:36
މި ފަހަރުގެ އެކައުންޓެންޓްސް ފޯރަމްގައި 300 އަށް ވުރެ ގިނަ އެކުންޓަންޓުން ބައިވެރިވި.
މާލީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެންމެ މުހިންމު އެއްޗަކީ އިތުބާރު ކަމަށާއި އެ އިތުބާރު ފެެށެނީ އެކައުންޓެންޓުންގެ މަސައްކަތާ ހިސާބުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ) އިން މިއަދު ފެށި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވިޔަފާރި އާއި މާލީ ދާއިރާ އަންނަނީ މީގެ ކުރިން ދުވަހަކު ވެސް ބަދަލު ނުވާހާ އަވަހަށް ބަދަލުވަމުން ކަމަށެވެ. ނަމަވެސް އެ ބަދަލުތަކާ އެކު، އެ ކަމެއްގެ ބޭނުންތެރިކަމަށް ބަދަލެއް ނާންނަ ކަމީ އިތުބާރު ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.