ފުރަތަމަ ނުވަ މަހުން ދައުލަތަށް ޓެކުހުން 20 ބިލިއަން ވަދެއްޖެ

މިހާރު

11 އޮކްޓޯބަރު 2025 | ހޮނިހިރު | 1:08

މި އަހަރުގެ ފުރަތަމަ ނުވަ މަސް ތެރޭގައި ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ނުވަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 18 ބިލިއަން ރުފިޔާ އެވެ.

ޓެކްސް އެހާ ބޮޑަށް އިތުރުވީ، ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުންނެވެ.

މައުޟޫޢުތަށް