300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު އެކައުންޓަންޓުންގެ ފޯރަމް ފަށައިފި
މިހާރު
11 އޮކްޓޯބަރު 2025 | ހޮނިހިރު | 1:56
އެކައުންތެންޓުންނާއި މާލީ ދާއިރާގެ އިސް ބޭފުޅުންނާއި އެ ދާއިރާގެ އެހެން އެކިއެކި ޕްރޮފެޝަނަލުން ހިމެނޭ ގޮތުން 300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު "މޯލްޑިވްސް އެކައުންޓެންޓްސްް ފޯރަމް 2025" މިއަދު ފަށައިފި އެވެ.
މިއީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ފޯރަމެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ފޯރަމަކީ އިންސްޓިޓިއުޓް އޮފް ޗާޑާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އިން އިންތިޒާމުު ކޮށްގެން ކުރިއަށް ގެންދާ ފޯރަމެކެވެ.