ހުޅުދޫ ޑަކް ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައިގެން ދޫނިތަކާއި މަސްތައް މަރާލައިފި

މިހާރު

11 އޮކްޓޯބަރު 2025 | ހޮނިހިރު | 4:43

އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ އެއްޗެހި މަރާލި ކަމަށް ބެލެވިއްޖެ އެވެ.

ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހެދި އެ ޕާކުގައި ގެންގުޅޭ އަސްދޫންޏާއި އެކި ބާވަތުގެ އެހެން ދޫނިތައް ވެސް ވަނީ މަރުވެފަ އެވެ. އަދި އެ ޕާކުގެ ފެންގަނޑުގެ ތެރޭގައި އުޅޭ މަސްތައް ވެސް މަރުވެގެން ފެނުން މައްޗަށް ވަނީ އަރައިފަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒް ރަހްމާން މިއަދު "މިހާރު" އަށް ވިދާޅުވީ އެ ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވާކަން ފާހަގަވާން ފެށިތާ މިހާރު ދެތިން ދުވަސް ވެއްޖެ ކަމަށެވެ. އެ އެއްޗެހި މަރުވާން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގުނަސް މިހާރު ބޮޑަށް ބެލެވެނީ ބަޔަކު ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައިގެން ދިރުންތައް މަރާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް