އޮޑިޓަރުންގެ މަސައްކަތުގެ ފެންވަރު ނުބެލޭ ނަމަ ބޮޑު ގެއްލުމެއް ވެދާނެ: ހަލީމް

މިހާރު

11 އޮކްޓޯބަރު 2025 | ހޮނިހިރު | 4:16

ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް އޮޑިޓްކުރާ އެކްސްޓާނަލް އޮޑިޓަރުން ކުރާ މަސައްކަތުގެ ފެންވަރު ބަލައި މުރާޖައާ ކުރުމަކީ ކޮންމެެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ގަވައިދުން ނުކުރެވޭ ނަަމަ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސީއޭ މޯލްޑިވްސް އަކީ ގާނޫނަކުން އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.

"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ފެށުމުގެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް އެކްސްޓާނަލް އޮޑިޓްގެ ހިދުމަތްދޭ އޮޑިޓަރުންގެ މަަސައްކަތުގެ ފެންވަރު ބެލުމަކީ ސީއޭ މޯލްޑިވްސްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެ ޒިންމާ އަދާކުރަން އެހެންވެ، ދައުލަތުގެ މަަދަދު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް