ގެދޮރުވެރިޔާ ފްލެޓުތައް ކުއްޔަށް ދޭ ނަމަ އެ ތަންތަން އަތުލާނެ: އެފްޑީސީ

މިހާރު

11 އޮކްޓޯބަރު 2025 | ހޮނިހިރު | 5:09

އެފްޑީސީން ބުނީ، އެހެން ފަރާތްތަކަށް ފްލެޓު ކުއްޔަށް ދޭ ނަމަ އެއްބަސްވުން ބާތިލް ކުރާނެ ކަމަށް.

ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭ ނަމަ ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ދީފި އެވެ.

އެ ކުންފުނީގެ އިންޒާރު މި އައީ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެފްޑީސީން އިމާރާތް ކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށުމާ އެކު، ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭން އިޝްތިހާރު ޖަހަން ފެށި މައްސަލަ އިއްޔެ ފެންމަތިވުމުންނެވެ.

މައުޟޫޢުތަށް