އެހެން ފަރާތްތަކަށް ފްލެޓުތައް ކުއްޔަށް ދޫކޮށްފައިވޭތޯ ބަލަން ފާސްކުރަން ތައްޔާރުވަނީ!
މިހާރު
11 އޮކްޓޯބަރު 2025 | ހޮނިހިރު | 6:22
އިޖުތިމާއީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓުތައް އެހެން މީހުންނަށް ކުއްޔަށް ދޫކޮށްފައިވާ ނަމަ އެ ތަންތަން ދައުލަތަށް ނަގާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި.
އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމަކަށް ނުވާތީ، އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ ތަޅުދަނޑި ދޫކުރަން ފެށިތާ އަދި ދެ ހަފުތާވީއިރު، ބައެއް ފްލެޓުތައް ބޮޑު އަގުގައި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރަން އިޝްތިހާރު ޖަހާފައިވާ މައްސަލަ އިއްޔެ ވަނީ ފެންމަތިވެފަ އެވެ.