މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް، އަންގާރަ ދުވަހުން ފެށިގެން ވައިގަދަވާނެ!

މިހާރު

12 އޮކްޓޯބަރު 2025 | އާދިއްތަ | 12:16

މި ހަފުތާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވަޔާއި ކަނޑުތައް މި މަހުގެ 20 ނިޔަލަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައުޟޫޢުތަށް