އުރީދޫން ދޭ ހައްޖު ދަތުރުގެ ފުރުސަތު އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ލިބޭނެ
މިހާރު
12 އޮކްޓޯބަރު 2025 | އާދިއްތަ | 1:29
އުރީދޫން މިއަހަރު ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިނުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދީ، ބޮޑު އިނާމަކަށް ހައްޖު ދަތުރު ދޭ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭނެ ކަމަށް އުރީދޫން ބުނެފި އެވެ.
ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ލިބޭ އެ ޕްރޮމޯޝަނުގައި މިހާތަނަށް 8 ކަސްޓަމަރުންނަށް އުމްރާ ދަތުރު ވަނީ ދީފަ އެވެ. އަދި ބާކީ ހުރި އުމްރާ ދަތުރުގެ ގުރުއަތުތައް ކޮންމެ 20 ދުވަހަކުން އުރީދޫން ކުރިއަށް ގެންދާނެ އެވެ.
އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރުގެ އެ ޕްރޮމޯޝަނުގައި އުރީދޫ މިހާރު ބޭނުން ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރުކޮށްގެންނެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ.