ދެނަމާދު ދޭތެރޭ ގުރުއާން ކިޔެވުމުގެ އާދަ އިޔާދަކުރަން ޖެހޭ: ރައީސް

މިހާރު

12 އޮކްޓޯބަރު 2025 | އާދިއްތަ | 2:05

ދެނަމާދު ދޭތެރޭ ވަގުތުގައި [މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު] ގުރުއާން ކިޔެވުމަކީ ރާއްޖޭގައި ކުރިން އޮތް ވަރަށް ރަނގަޅު އާދައެއް ކަމަށާއި އެ އާދަ އަލުން އިޔާދަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގުރުއާއާން ކިޔެވުމުގެ މި އަހަރުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމުދޭން، އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަޣުރިބު ނަމާދަށް ފަހު، އިޝާނަމާދާ ދެމެދު ގުރުއާން ކިޔެވުމުގައި ކުދިންނާއި މައިންބަފައިން މަޝްއޫލުވެ އުޅުނު އުޅުން މިހާރު ގާތްގަނޑަކަށް ނެތިގެން ގޮސްފައިވާ ކަމަށެވެ. އެކަން ނެތިގެން ދިޔައީ މީހުން ބިޒީ ވުމާއި އެކިއެކި ސަބަބުތަކާ ހެދި ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަގުތަކީ ވަރަށް ކުޑަ އެއްޗެއް. އެންމެން ވެސް ވަރަށް ބިޒީ. އެކި ކަންމުގައި، އާމްދަނީ ހޯދަން، ކުދިންނަށް ކިޔަވައިދޭން، ނޫނިއްޔާ ކުޅިވަރު ކުޅުމުގައި. ދެން ކިޔާނެ ކަމެއް ނެތް އެކި ކަންކަމުގައި ވަރަށް ބިޒީ. އެހެން ނަމަވެސް އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭން ޖެހޭ ކަންކަމުގައި ވަގުތު އޮންނަން ޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް