ވެލިގަނޑު މޯލްޑިވްސް ރިސޯޓުގައި ދުވާލަކު 8 ގަޑިއިރު އަވިން ކަރަންޓު އުފައްދަނީ
މިހާރު
12 އޮކްޓޯބަރު 2025 | އާދިއްތަ | 3:01
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) އިން އއ. އަތޮޅުގައި ހިންގާ ވެލިގަނޑު މޯލްޑިވްސް ރިސޯޓުގައި ދުވާލަކު 8 ގަޑިއިރު އަވިން ކަރަންޓު އުފައްދަން ފަށައިފި އެވެ.
ސީސީއާރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރިސޯޓަކީ ސާފު އަދި ފެހި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ހިންގާ "ސޯލާ އެނާޖީ އިނީޝިއޭޓީވް"ގެ ދަށުން ހިންގި އަވިން ހަކަތަ އުފައްދާ ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މިދިޔަ ދެ ހަފުތާގައި ޓެސްޓިން މަރުހަލާ ނިންމުމަށް ފަހު އެ ރިސޯޓުގައި މިހާރު އަވިން ހަކަތަ އުފައްދަން ފަށާފައިވާ ކަމަށް ސީސީއާރުން ބުންޏެވެ.