ތުހުމަތުތަކާ ގުޅިގެން ގައުމީ އަންހެން ވޮލީ ޓީމު ކޯޗު ސޮފްވާން ސަސްޕެންޑް ކޮށްފި!
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 10:59
ގައުމީ އަންހެން ވޯލީބޯޅަ ޓީމުގެ ކޯޗު ސޮފްވާން އަހްމަދަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން މައްސަލަ ބަލަން ފަށައި، ކޯޗުކަމުގެ މަގާމުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.
ވީއޭއެމްގެ އެކްސްކޯ މެންބަރުކަން ވެސް ކުރާ، ސޮފްވާން އަށް ކުރެވޭ ތުހުމަތަކީ އަންހެން ކުޅުންތެރިޔަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނު ކަމުގެ ކަމުގެ ތުހުމަތުތަކެއް ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު "މިހާރު" އަށް ވިދާޅުވީ އެ އެސޯސިއޭޝަނުގެ އެކްސްކޯ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެކްސްކޯއިން އިސްވެ މައްސަލަ ބަލަން އަންގައި ސޮފްވާން، މަގާމުން އެކަހެރި ކޮށްފައިވާ ކަމަށެވެ.