އިންޑިއާގައި ކުދިން މަރުވި ބޭހަށް ރާއްޖެއިން ހުއްދައެއް ނުދޭ: އެމްއެފްޑީއޭ

މިހާރު

12 އޮކްޓޯބަރު 2025 | އާދިއްތަ | 4:15

އިންޑިއާގައި މި ފަހުން 12 ވަރަކަށް ކުއްޖަކު މަރުވި ހާދިސާއާ ގުޅިފައިވާ ކަފް ސިރަޕަކީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އޮންނަ ބަޔަކު ހަދާ އެއްޗެއް ނޫން ކަމަށާއި އެކަމަކު އަމިއްލަ ބޭނުމެއްގައި ވެސް އެ ކުންފުނިތަކުގެ ބޭސް ގެންނަ ނަމަ ސަމާލުވާން އެމްއެފްޑީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ ކެއްސާތީ ކުޑަކުދިންނަށް ދޭ ދިޔާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ "ޑައިތްލީން ގްލައިކޯލް" ހުރެގެން އެ ބޭސް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާކަން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ނެޓްވޯކުން އެލާޓްކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ އެލާޓުގައި ފާހަގަކޮށްފައިވަނީ އެމްއެފްޑީއޭއިން ބޭސް އިމްޕޯޓުކުރުމަށް ހުއްދަ ދީފައިވާ ތިން ކުންފުންޏެއް ނޫން ކަމަށް އިއުލާނުގައިވެ އެވެ. އެހެންވެ، އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެ ބޭސްތައް ރާއްޖެ އިމްޕޯޓުކޮށްފައިނުވާ ކަމަށް ބުންޏެވެ.

މައުޟޫޢުތަށް