ހުޅުދޫ ޑަކް ޕާކުގެ ދިރުންތައް މެރި މައްސަލަ ފުލުހުންނާއި މިނިސްޓްރީން ވެސް ބަލަނީ

މިހާރު

12 އޮކްޓޯބަރު 2025 | އާދިއްތަ | 4:01

އައްޑޫ ހުޅުދޫގެ ޑަކް ޕާކުގެ ދޫނިތަކާއި މަސްތައް މެރި ކަމަށް ބުނާ މައްސަލަ ފުލުހުންނާއި ޖަނަވާރާ ބެހޭ މިނިސްޓްރީން ވެސް ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުދޫ ޑަކް ޕާކުގައި އުޅޭ ދޫންޏާއި މަސްތައް މަރުވާ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ވެސް ދެންމެ "މިހާރު" އަށް ބުންޏެވެ.

މައުޟޫޢުތަށް