ޕާކިސްތާނާއި އަފްޣާނިސްތާނުގެ ކުރިމަތިލުމެއްގައި އެތައް ބަޔަކު މަރުވެއްޖެ
މިހާރު
12 އޮކްޓޯބަރު 2025 | އާދިއްތަ | 8:10
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު މައްސަލަ ބޮޑުވެފައި ވާއިރު ބޯޑަރު ކައިރީގައި ރޭ ދިން ހަމަލާތަކުގައި ދެ ގައުމުން ވެސް އެތައް ބަޔަކު މަރުވެއްޖެ އެވެ.
އަފްޣާނިސްތާނަށް ޕާކިސްތާނުން ވައިގެ މަގުން ކާބުލް އަށް ހަމަލާދިން ކަމަށް ބުނެ، ރައްދުގައި އަފްޣާނިސްތާނުގެ ތާލިބާނުން ޕާކިސްތާނު ސިފައިންނަށް ވަނީ ހަމަލާ ދީފަ އެވެ. އަފްޣާނިސްތާނަށް ހަމަލާ ދިން ކަމަށް ޕާކިސްތާނުން އެއްބަސްވެފައި ނުވިޔަސް އަފްޣާނިސްތާނުގެ ބިން، ޕާކިސްތާނަށް ހަމަލާ ދިނުމުގައި ބޭނުންކުރާ ކަމަށް ބުނެ ޕާކިސްތާނުން ޝަކުވާކުރެ އެވެ. އަދި އެ ސަރަހައްދަަށް ކުރިން ވެސް ހަމަލާ ދީފައިވެ އެވެ.
ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން އަލުން ހޯދި ފަހުން ދެ ފަރާތުން ވަނީ ބޯޑަރު ސަރަހައްދުތަކުގައި އެތައް ފަހަރަކު ހަމަލާ ބަދަލުކޮށްފަ އެވެ.