އަބީޝެކްގެ އެވޯޑް ހާއްސަކުރީ އައިޝްވާރިޔާއަށް!
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 8:59
ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަނަށް މި އަހަރުގެ ފިލްމުފެއާ އިން ލިބުނު އެވޯޑް އޭނާގެ އަންހެން އަދި ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަން އާއި އެ ދެމަފިރިންގެ ދަރިފުޅު އަރަދުޔާ ބައްޗަންއަށް ހާއްސަކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އަހަރުގެ ފިލްމުފެއާ އެވޯޑުގައި އަބީޝެކަށް ވަނީ އޭނާ މިދިޔަ އަހަރު ކުޅުނު ފިލްމު "އައި ވޯންޓް ޓު ޓޯކް" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފަ އެވެ.
އެ ހަފުލާގައި އެވޯޑާ ހަލާވުމަށް ފަހު އަބީޝެކް ބުނީ އޭނާއަށް އެ ކާމިޔާބީގެ ފަހަތުގައި ތިބީ އައިޝްވާރިޔާ އާއި އަރަދުޔާ ކަމަށެވެ.