ޣައްޒާގެ ސުލްހައިގެ ސަމިޓުގައި އީރާނުން ބައިވެރިނުވާން ނިންމައިފި

މިހާރު

13 އޮކްޓޯބަރު 2025 | ހޯމަ | 6:41

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުން ދާއިމީ ގޮތެއްގައި ދެމެހެއްޓުމާ ބެހޭ ގޮތުން ބާއްވާ ސުލްހައިގެ ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް އީރާނުން ބުނެފި އެވެ.

މިސްރުގެ ޝަރުމުއްޝައިހްގައި މިއަދު ފަށާ ސަމިޓުގައި ބައިވެރިވުމުގެ ދައުވަތު ދީފައި ވިޔަސް ފޮރިން މިނިސްޓަރު އައްބާސް އަރަޣާޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް އަދި ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް ސަމިޓުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

"ރައީސް ޕެޒެޝްކިއަން އަދި އަޅުގަނޑަށް ވެސް، އީރާން ރައްޔިތުންނަށް ހަމަލާ ދިން އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބިރު ދައްކާ ބަޔަކާ މުއާމަލާތްކުރެވޭކަށް ނެތް،" އެމެރިކާއަށް އިޝާރާތްކޮށް އަރަޣާޗީ ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް