ބްރޯޑްކާސްޓިން ކޮމިޝަންގެ ތިން މެމްބަރަކު ހިމެނޭ ގޮތަށް 10 ބޭފުޅަކު މީޑީއާ ކޮމިޝަނަށް ކުރިމަތިލައިފި

މިހާރު

13 އޮކްޓޯބަރު 2025 | ހޯމަ | 10:41

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް ހުޅުވައިލުމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ބައެއް މެމްބަރުން ހިމެނޭހެން 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތައް ތަޅުމުގައި އިއްވުމަށް ފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލާފައިވާ އިރު އޭގެ ތެރޭގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެހެން ދެ މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އަދި މީޑިއާ ރެގިއުލޭޓްކުރުމުގެ ގާނޫނާ އެކު އުވުނު މޯލްޑިވްސް މީޑިއާ ކަައުންސިލްގެ ކުރީގެ ނައިބު ރައީސް އިބްރާހިމް މުހައްމަދާއި އެހެން މެމްބަރަކާއި ސެކްރެޓަރީ ޖެނެރަލް ކަން ކުރިން ކުރެއްވި މުހައްމަދު ފަރުޝަތު ވެސް ވަނީ ކުރިމަތިލައްވައިފަ އެވެ.

މައުޟޫޢުތަށް