ދެ ޓީމުގެ ތަޖުރިބާއިން ސެގަޓް؛ ގަލޮޅު ދަނޑުގައި ރާއްޖެއާ ކުޅެން ތަޖިކިސްތާނަށް ފަސޭހަ ނުވާނެ

މިހާރު

13 އޮކްޓޯބަރު 2025 | ހޯމަ | 10:51

ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ތަޖިކިސްތާނަށް ފަސޭހަ ނުވާނެ ކަމަށް، ދެ ގައުމުގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށް ދިން ޕިޓާ ޝަގަޓް (ސެގަޓް) ބުނެފި އެވެ.

އޭޝިއަން ކަޕަށް ތަޖިކިސްތާނު މުޅިން އަލަށް ކޮލިފައިކޮށްދީ، މިދިޔަ އަހަރު ގަތަރުގައި ބޭއްވި އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ތަޖިކިސްތާނުގައި ދަތުރު ކުރީ ސެގަޓްގެ ކޯޗުކަމުގެދަށުންނެވެ.

ޖެނުއަރީ 2022 ގައި ތަޖިކިސްތާނުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ސެގަޓް ވަނީ މާޗް 2018 އިން ޑިސެމްބަރު 2019 އަށް ރާއްޖގެ ކޯޗުކަން ކޮށްފަ އެވެ. ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ދިވެހި ޓީމުން ކާމިޔާބު ކުރީ ކްރޮއޭޝިއަ އަށް ނިސްބަތްވާ ސެގަޓްގެ ކޯޗުކަމުގެދަށުންނެވެ.

މައުޟޫޢުތަށް