އަންނަ އަހަރު ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: ރައީސް

މިހާރު

13 އޮކްޓޯބަރު 2025 | ހޯމަ | 12:50

ރާއްޖޭގެ ހުރިހާ ރަށެއްގެ ލެބޯޓްރީގައި، އެ ރަށެއްގެ ފެންވަރުގައި އަންނަ އަހަރު ނިމޭއިރު ޓެސްޓުތައް ހެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި ހުރިހާ ރަށެއްގައި ލެބޯޓްރީ ހެދުމުގެ މަސައްކަތް ފެށި ނަމަވެސް އެ ވެރިކަމުގެ ދައުރު ނިމުނުއިރު ހުރިހާ ރަށެއްގައެއް ނާޅަ އެވެ. ހުރި ތަންތަނުގައި ވަސީލަތްތައް ވެސް ހަމައެއް ނުވެ އެވެ.

ރައީސް މުއިއްޒު ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ރަށް ނޫމަރާ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސިއްހީ ދާއިރާ އަށް މި ސަރުކާރުން ވަރަށް ބޮޑު އިސް ކަމެއް ދޭ ކަމަށެވެ.

މައުޟޫޢުތަށް