ނަލަންދޫގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާންކޮށްފި
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 11:56
ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ތިންވަނަ ފަހަރަށް އިއްޔެ އިއުލާންކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށުގެ ތެރެއިން، ނަލަންދޫގައި ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުހެ ހެނދުނު 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.