އޭސީސީން ބަލާ މައްސަލާގައި އަސާސެއް ނެތް، ތަހުގީގަށް ބޭނުންވާ މައުލޫމާތު ވެސް ނެތް: ފައްޔާޒް

މިހާރު

13 އޮކްޓޯބަރު 2025 | ހޯމަ | 12:55

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ އޭނާގެ މައްސަލާގައި އެއްވެސް އަސާސެއް ނެތް ކަމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އޭސީސީން ތަހުގީގުކުރާ މައްސަލާގައި ސުވާލު ކުރުމަށް އެ ކޮމިޝަނަށް މިއަދު ހެނދުނު ފައްޔާޒް ވަނީ ހާޒިރުކޮށްފަ އެވެ. އޭސީސީން ނުކުމެވަޑައިގެން އޭނާ ވިދާޅުވީ އެ ކޮމިޝަނުން ބަލަނީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށެވެ.

"އޭސީސީން ބަލަމުން އަންނަ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް. މައްސަލަ ތަހުގީގުކުރާ އިރު، ތަހުގީގާ ގުޅޭ އެއްވެސް ތަފުސީލެއް އެ ބޭފުޅުން އަތުގައި ނެތް،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް