ސިނގިރޭޓު ކޭސްތަކެއްގެ މައްސަލާގައި ކަސްޓަމްސްގެ ކުރީގެ އިސްވެރިއަކަށް ރިޝްވަތުގެ ދައުވާކުރަން ފޮނުވައިފި

މިހާރު

13 އޮކްޓޯބަރު 2025 | ހޯމަ | 12:00

ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ ރިޝްވަތަށް އެދުނު މައްސަލާގައި ދައުވާކުރަން މި މަހުގެ 8 ވަނަ ދުވަހު ފޮނުވާފައި ވަނީ ހ. ނިއުހެޕިނަސް، މުއާޒު އަލީގެ މައްޗަށް ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން އޭނާއަށް ދައުވާކޮށްދޭން ހުށަހަޅާފައި ވަނީ އެނގި ހުރެ މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި ތިމާއަށްޓަކާ ނުވަތަ އެހެން މީހަކަށް އެ މަންފާ ގަބޫލުކުރަން އެއްބަސްވުމުގެ ކުށާ ގުޅިގެންނެވެ.

މައުޟޫޢުތަށް