މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާންތައް އާއްމުކުރަން ކުޑޫ ހުުށަހެޅުއްވި ބިލް ބަލައިގެންފި

މިހާރު

13 އޮކްޓޯބަރު 2025 | ހޯމަ | 2:10

މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާންތައް އާއްމުކުރަން ލާޒިމުވާ ގޮތަށް އޮޑިޓް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލް މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ދައުލަތުގެ ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކުރަންޖެހޭ ގޮތަށް ކޯޕަރަޓައިޒޭޝަން އެންޑް ޕްރައިވެޓަޒައިޒޭޝަން ގާނޫނު ބަލުކުރަން އޭނާ ހުށަހެޅުއްވި ބިލު ވެސް މަޖިލީހަށް މިއަދު ބަލައިގަތެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެ ދެ ބިލު ވެސް ބަލައިގަންނަން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

މައުޟޫޢުތަށް