އެންއައިސީގެ މެމްބަރަކު ކަމަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ފާސްކޮށްފި
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 2:05
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެންއައިސީއަށް ހަތަރު މެމްބަރަކު އަައްޔަންކުރަން ނިންމީ މިހާރު އެ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމާއި އިތުރު ތިން މެމްބަރެއްގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ އެވެ.
އެ މަގާމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް ދަފްތަރު ނަމްބަރު 1854 ޝިފާޒް އަލީ އާއި ދަފްތަރު ނަމްބަރު 1188 ޝުއައިބު އަބްދުއްރަހްމާނާއި ދަފްތަރު ނަމްބަރު 1851 އަލީ މުހައްމަދު މަނިކެވެ.